ރާއްޖޭގައި މިނިވަން ޕްރޮސެކިއުޓަރެއް ނެތް ކަމަށާއި މިއީ ރާއްޖެ އަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް ޕީޖީ) ހުސައިން ޝަމީމާއި ޕީޖީ އޮފީހުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެ ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނާ މިނިވަން ޕްރޮސެކިއުޓަރެއް ނެތް ކަމަށާއި ޕްރޮސެކިއުޝަންގެ މި ނިޒާމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނާ މިނިވަން ޕްރޮސެކިއުޓަރެއް ނެތް. ޕްރޮސެކިއުޝަންގެ މި ނިޒާމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް އެންމެ ބޮޑު ގޮންޖެހުން. ސަރުކާރުގެ ޗަމްޗާ ޕްރޮސެކިއުޓަރުން އުފުލާފައިވަނީ ޣައިރު ދުސްތޫރީ ދަޢުވާތަކެއް. pic.twitter.com/5gVpds4Eyh
— Mohamed Jameel Ahmed (@MJameelAhmed) October 4, 2022
"ސަރުކާރުގެ ޗަމްޗާ ޕްރޮސެކިއުޓަރުން އުފުލާފައި ވަނީ ޣައިރު ދުސްތޫރީ ދަޢުވާތަކެއް." އޭނާ ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ ގަބޫލުކުރަން ދަތި ވަނީ ގައުމުގައި ޤާނޫނުގެ ޙުކުމް އޮތް ގޮތް ކަމަށެވެ.
ޤަބޫލްކުރަން ދަތިމިވަނީ މި ޤައުމުގައި ޤާނޫނުގެ ޙުކުމް އޮތް ގޮތް. ޓެރަރިޒަމްގެ ޤާނޫނު ހިތުހުރި ގޮތަކަށް ބޭނުންކޮށް، އަނިޔާވެރި ދަޢުވާތަކުން ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤު މަރާލަނީ؟ މިފަދަ 650 ވުރެ ގިނަ ދަޢުވާކޮށްފައިވާ ރަޝިޔާއާ ވާދަކުރަނީބާ؟ pic.twitter.com/iOq2KVko2b
— Mohamed Jameel Ahmed (@MJameelAhmed) October 4, 2022
"ޓެރަރިޒަމްގެ ޤާނޫނު ހިތުހުރި ގޮތަކަށް ބޭނުންކޮށް، އަނިޔާވެރި ދަޢުވާތަކުން ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ ޙައްޤު މަރާލަނީ؟ މިފަދަ 650 ވުރެ ގިނަ ދަޢުވާކޮށްފައިވާ ރަޝިޔާއާ ވާދަކުރަނީބާ؟" އޭނާ ވިދާޅުވި އެވެ.