ސިޔާސީ ދާއިރާ އަށް ނުވަންނާނެ ކަމަށާއި އެކަމަށް ޝައުގުވެރި ކަމެއް ވެސް ނެތް ކަމަށް ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ތަރި ރޯޝަން މަހަނާމާ ބުނެފި އެވެ.
ކްރިކެޓުން 1999 ގައި ރިޓަޔާކޮށްފައިވާ 56 އަހަރުގެ މަހަނާމާ ސިޔާސީ ދާއިރާ އަށް ނުކުނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ޑެއިލީ މިރާ އަށް ދިން އިންޓަވިއުއެއްގައި ބުނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ސިޔާސީ ދާއިރާ އަށް ނުކުންނަން ބޮޑެތި ޕާޓީތަކުން ދައުވަތު ވެސް ލިބުނު ކަމަށެވެ. އެކަމަކު އެ ހުރިހާ ފުރުސަތެއް ވެސް ދޫކޮށްލީ ކަމަށް ބުންޏެވެ.
"އެހެންވެ މިހާރަކު ވެސް ނޫޅެން ސިޔާސީ ދާއިރާ އަށް ނުކުންނާކަށް. އެކަން ކުރަން ބޭނުންވި ނަމަ ކްރިކެޓުން ރިޓަޔާކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް ސިޔާސީ މަސައްކަތްތަކުން އަހަރެން ފެނުނީސް." މަހަނާމާ ބުންޏެވެ.
The ‘Roshan Mahanama Trust’ was successfully launched today to empower Sri Lankan Communities and offer a helping hand to those who are in need.#Roshanmahanama #srilanka #rmt pic.twitter.com/pal7GLIqsG
— Roshan Mahanama (@Rosh_Maha) October 4, 2022
އޭނަ ބުނި ގޮތުގައި ބޭނުން ވަނީ ހިލޭ ސާބަހަށް މަސައްކަތްކޮށް ގައުމުގެ ހާލަތު ރަނގަޅުކުރުމަށެވެ. އެގޮތުން އިއްޔެ މަހަނާމާ ވަނީ "ރޯޝަން މަހަނާމާ ޓްރަސްޓް" ގެ ނަމުގައި ޗެރިޓީއެއް ވެސް ލޯންޗްކޮށްފަ އެވެ. މީގެ މައިގަނޑު މަގުސަދަކީ މާލީ ގޮތުން ދަތި އާއިލާތަކުގެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އެގޮތުން ކުދިންގެ ހެދޮބޮޑުވުމާއި ސިއްހަތާއި ތައުލީމާއި ރައްކާތެރި ވެއްޓެއް ހޯދައި ދޭން މަހަމާނާގެ ޗެރިޓީން މަސައްކަތްކުރާނެ އެވެ.
އޭނަގެ މި އިނިޝިއޭޓިވާ ގުޅިގެން ކްރިކެޓްގެ ލެޖެޑުން ކަމަށްވާ ވަސީމް އަކްރަމާއި ސުނިލް ގަވާސްކަރާއި ބްރަޔަން ލާރާ އަދި ޗަމިންދަ ވާސް ފަދަ މީހުން ހިތްވަރުދީ ވީޑިއޯ މެސެޖްތަކެއް އާންމުކޮށްފައިވެ އެވެ.