Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޓީޗަރުން ދައްކާ ނަމޫނާ ދާއިމަށް ދެމިހުންނާނެ: ރައީސް

ދަރިވަރުންނަށް ޓީޗަރުން ދައްކާ ނަމޫނާ އެ ކުދިންގެ ހަޔާތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ޓީޗަރުންގެ ދުވަހާ ގުޅިގެން ޓީޗަރުންނަށް ތަހުނިޔާ ފޮނުއްވައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީޗަރުން ދަރިވަރުން ބިނާކުރަން ކުރަނީ ވަރަށް އަގުހުރި ހިދުމަތެއް ކަމަށާއި މިއީ ކުދިންގެ ކުރިމަގު ބައްޓަންކޮށް ދޭން ކުރާ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، މި އަހަރުގެ ކިރީކޮޅު ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ ވެސް ބޮޑުކޮށްފަ އެވެ.

މި އަހަރު ޓީޗަރުންގެ ދުވަހުގެ ޝިއާރަކީ "ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިންސް ވިތު ޓީޗާ" އެވެ.