"ހޭވައްލާ ތައްޔާރުކުރު" ގެ ނަމުގައި އެސްޓީއޯ އިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ ޕްރޮމޯޝަނަކީ ގަތަރުގައި ނޮވެމްބަރުގައި ފަށާ ވޯލްޑް ކަޕާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ނޮވެމްބަރު 30 ގެ ނިޔަލަށެވެ. ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގަ އެވެ.

ޕްރޮމޯޝަންގެ ދަށުން އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ބައްލަވައި ގަންނަ 50 އިންޗީގެ ޕިލިޕްސް ޓީވީއަކާއި ސައުންޑްސްޕީކަ ބާއެއް ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ ޓީވީއަކާ އެކީ ބްރެކްޓް ވެސް ހިލޭ ލިބޭނެ އެވެ.
ޕްރޮމޯޝަންގެ އިތުރު އިނާމުތަކުގެ ތެރޭގައި އެއް ވަނަ އިނާމަކަށް އައިފޯން 14 ޕްރޯ މެކްސްއެއް، ދެވަނަ އިނާމަކަށް ޕީއެސް 5 އެއް ވީއާރްއާ އެކީ އަދި ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000ރ. ގެ ވައުޗާއެއް ލިބޭނެ އެވެ. މި
ވޮއުޗާގެ ދަށުން ނެގޭނީ ގެއާއި ބަދިގޭ ސާމާނެވެ.

ލަކީ ޑްރޯގައި ބައިވެރިވެވެނީ ކުރާ ކޮންމެ 500ރ. ގެ ވިޔަފާރި އަށް ދޫކުރާ ކޫޕަނަކާ އެކީގަ އެވެ.
"ހޭވައްލާ ތައްތާރު" ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ހިމެނެ އެވެ.