Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޕީޕީއެމަށް އިތުރު 10،000 މީހުން ސޮއިކޮށްފި

ޕީޕިއެމްއަށް އަލަށް ސޮއި ކުރި 10،000 މެމްބަރުންގެ ފޯމް އިލެކްޝަންސް ކޮޮމިޝަނާ ހަވާލުކޮށްފިއެވެ.

އެކަން ހާމަކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީ.ޕީ.އެމް އާ އަލަށް ގުޅިވަޑައިގެންނެވި 10،000 ބޭފުޅުންގެ ފޯރމް މިއަދު އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މިއަދަދުން ބުނެދެނީ ރައީސް ޔާމީނަށް ރައްޔިތުން ކުރައްވާ އިތުބާރާއި ތާއީދު" ޝިޔާމްގެ ޓްވީޓްގައިވެއެވެ.

ޕީޕީއެމްއަށް މިފަހުން ގިނަ ބަޔަކު ސޮއި ކުރަމުން އަންނައިރު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެކި ރަށްރަށުގައި ވެސް ޕީޕީއެމުން އަންނަނީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

މިފަހުން ޕީޕީއެމުން ވަނީ އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމަށް ތުހުމަތު ކޮށްފައެވެ.