Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެސްޓީއޯ އިން ހުރިހާ ޓީޗަރުންނަށް ޑިސްކައުންޓް ދެނީ

ސްކޫލެއްގެ ޓީޗަރުންތަކެއް

އެސްޓީއޯ އިން ވިއްކާ ބައެއް ބާވަތްތަކުގެ މުދަލުން ޓީޗަރުންނަށް ޑިސްކައުންޓް ލިބޭނެ ގޮތް ހަދައިފި އެވެ.

އެސްޓީއޯ އިން މިކަން ހާމަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެންނެވެ.

އެސްޓީއޯ އިން ބުނީ މި ޑިސްކައުންޓަކީ މުޅި ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ލިބިގެންދާނެ ޑިސްކައުންޓެއް ކަމަށާއި މިއީ އެއް ދުވަހަށް ކަނޑައެޅިފައިވާ ޑިސްކައުންޓެއް ނޫން ކަމަށެވެ. އެގޮތުން މިއީ އެސްޓީއޯއިން ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ދޭނެ ޑިސްކައުންޓެއް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ވަނީ މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދަޢުރެއް އަދާކުރާ ފަރާތްތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި މުދައްރިސުންގެ އަގު ވަޒަންކުރުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށްވެސް ބުނެފަ އެވެ.

މުދައްރިސުން ކުރައްވާ ބިޔަ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރަމުން އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ މި ހަދިޔާ، ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް ކަމުދާނެކަމަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.