އިއްޔެ ވެސް ހިތަދޫގައި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް މިއަދު ވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު މެންދުރު ކުރިން މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ "ނައީމީ ސްޓޯރާ" ދިމާލުން ޖިޕަކާއި ސައިކަލެއް ޖެހިގެންނެވެ.
- .
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ނައީމީ ސްޓޯރާއ ދިމާލުން ނިކުތް "ޕްލަސް ޓެކްސީ" ގެ ކާރެއްގައި ގަމުން ހިތަދޫ އާ ވީކޮޅަށް ދުއްވި ސައިކަލެއް ޖެހިގެންނެވެ.
މި ހާދިސާ އާ ގުޅޭ އިތުރު ތަފްސީލު އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މި ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ވެސް ގޮސް މައްސަލަ ތަހުގީގު ކުރަން ވަނީ ފަށައިފަ އެވެ.
އިއްޔެ ހަވީރު ދެ ސައިކަލެއް ޖެހިގެން ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާވެފައިވެ އެވެ.

