Last Updated: June 15, 10:31
Monday, June 15, 2026
ޚަބަރު

ޔާމީނަކީ މުޅިން އެހެން ލީގެއްގެ ވެރިއެއް: ޖަމީލު

ގައުމަށް ބޮޑެތި ތަރައްގީތައް ގެނައުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މުޅިން އެހެން ލީގެއްގެ ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ތައުރީފު ކުރައްވައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ހިންގި ވެލާޓާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) ގެ އާ ރަންވޭ މިއަދު ބޭނުންކުރަން ފެށުމާއި އާ ސީ ޕްލޭން ޓާމިނަމް ބޭނުންކުރަން މި ސަރުކާރުން ފެށުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ޒަމާނީ ތަރައްގީގެ ބާނީ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމުގައި އެއްވެސް ބަހުސެއް ވެސް ނެތް ކަމަށެވެ.

"ކުރީގެ ރައީސް [އިބްރާހީމް] ނާސިރާއި ރައީސް ޔާމީނަކީ އެހެން ލީގެއްގެ ވެރިން. މިހާރުގެ ވެރިމީހާ ހަރުކޮންނަނީ އެބޭފުޅާގެ މިންވަރުން،" ޖަމީލު ވިދާޅުވި އެވެ. "[އެއީ] ކްލާސްރޫމް، ބަސްހުއްޓި، އިންޖީނުގެ، ރީބްރޭންޑްކުރުން."

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން އަނެއްކާ ވެސް ވެރިކަމަށް ރައީސް ޔާމން ހޮވަން ބޭނުން ވަނީ ގައުމަށް ގެންނަވާ ބޮޑެތި ތަރައްގީތަކާ ހެދި އެވެ.

"[އެއީ] ވިޝަނަރީ، ކެރުންތެރި، ދިވެހިންނަކީ އެހެން ގައުމުތަކަށް ވުރެ ދަށް، އިންފީރިއަާ ބައެއް ކަމަށް ގަބޫނުކުރައްވާތީ. އާ ރަންވޭ އަކީ މިދިޔަ 60 އަހަރު ތެރޭގައި އިގުތިސާދަށް ވެރިޔަކު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތް." ޖަމީލު ވިދާޅުވި އެވެ.