Last Updated: July 23, 10:58
Thursday, July 23, 2026
ދުނިޔެ

މެކްސިކޯގެ މޭޔަރަކު އަވަހާރަކޮށްލައިފި

މެކްސިކޯގެ ސިޓީއެއްގެ މޭޔަރަކު ބަޑީގެ ހަމަލާއެއްގެ އަވަހާރަކޮށްލައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ސެން މިގްއެލް ޓޮޓޯލަޕަންގެ މޭޔަރު ކޮންރާޑޯ މެންޑޯޒާ އަލްމޭޑާ އާއި އިތުރު 18 މީހަކު، މަރާލާފައި ވަނީ އެ ތަނުގެ ޓައުން ހޯލެއްގައި ބަޔަކު މީހުން ބަޑިންދިން ހަމަލާތަކެއްގަ އެވެ.

މޭޔަރު އަވަހާރަކޮށްލުމުގެ ކުރިން އެކަން ކުރި މީހުން ވަނީ މޭޔަރުގެ ބައްޕަ އަދި ކުރިން މޭޔަރުކުރައްވާފައިވާ ޖުއާން މެންޑޯޒާ އެކޯސްޓާ ވެސް އޭނަގެ ގޭގައި އަވަހާރަށްކޮށްލައިފަ އެވެ. މީޑިއާތަކުން ބުނީ ޓައުން ހޯލްގައި ދިން ހަމަލާގައި މަރުވި މީހުންގެ ކައުންސިލްގެ މެމްބަރުންތަކަކާއި ފުލުހުންތަކެއް ވެސް ހިމެނޭ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މޭޔަރު ނިސްބަތްވާ ވާތު ފިޔައިގެ ޕާޓީ، ޕީއާރްޑީން އެ ހާދިސާ ވަރަށް ބޮޑަށް ކުށްވެރިކޮށް، ހަމަލާދިން މީހުން ހޯދައި ހަރުކަށި އަދަބުދޭން ގޮވާލައިފަ އެވެ. މީޑިއާތަކުން ބުނި ގޮތުގައި މޭޔަރު އަވަހާރަކޮށްލި ގަތުލުއާންމު ހިންގާފައި ވަނީ މެކްސިކޯގެ ގޭންގެއް ކަމަށްވާ ލޮސް ޓެކިއުލެރޯސް އަށް ނިސްބަތްވާ ބައެކެވެ.

އަދި އެ ހާދިސާ ހިންގިތާ ކުޑައިރުކޮޅެއް ފަހުން އެ ޖަމާއަތުން ވީޑިއޯއެއް ނެރެ، އެ ސަރަހައްދުގައި އެ މީހުން ހަރަކާތްތެރިވާން ފަށާފައިވާކަމުގެ އިންޒާރު ދީފައިވެ އެވެ.

މޭޔަރު އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ސެން މިގްއެލް ޓޮޓޯލަޕަން ގަވަރުނަރު އެވެލީން ސަލްގާޑޯ ޕިނޭޑާ ވެސް ހިތާމަފާޅު ކުރައްވައި ޓްވީޓްތަކެއް ކުރައްވާފައިވެ އެވެ.