Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ފައިސަލް ހޮނިހިރު ދުވަހު ރ. އަތޮޅަށް

ނައިބު ރައީސް ފައިސަލް ނަސީމް ރ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ނައިބު ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އިނގުރައިދު އާއި ވަންދު އާއި ދުވާފަރާއި މާކުރަތާއި އިންނަމާދޫގެ އިތުރުން އުނގޫފާރަށެވެ. ނައިބު ރައީސް މި ރަށްތަކަށް ކުރައްވާ ދަތުރު ފައްޓަވާނީ ހޮނިހިރު ދުވަހު އެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުތަކުގައި ރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އުނގޫފާރު ހޮސްޕިޓަލަށް ެވެސް ފައިސަލް ޒިޔާރާތްކުރައްވާނެ އެވެ.

މީގެ އިތުރުން ދުވާފަރުގައި ބާއްވާ ޓޫރިޒަމް އެކްސްޕޯގެ އިނާމު ދިނުމުގެ ޖަލްސާގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.