Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފަސްމީރު މަސްދަޅު އަގުހެޔޮކޮށްފި

މިފްކޯ އިން ފަސްމީރު މަސްދަޅުގެ އަގު ހެޔޮކޮށްފި އެވެ.

މަސްދަޅުގެ އަގު ހެޔޮކުރުމާއެކު ތެޔޮ މަސްދަޅުގެ އަގު 14.50ރ. އަށް ހެޔޮވާނެ އެވެ. ތެޔޮ މަސްދަޅު އިކޮނޮމީ މިހާރު 14.00ރ. އަށް ލިބޭއިރު އިކޮނޮމީ ޕެކް އިން ބްރައިން މިހާރު 12.50ރ. އަށް ލިބޭނެ އެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާއި ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.

މިފްކޯގެ މަސްދަޅަކީ އަބަދުވެސް ޑިމާންޑް ބޮޑު އުފެއްދުމެކެވެ.