Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރާއްޖޭގެ އެންމެ ދެކުނަށް ބޯކޮށް ވާރޭ ވެހޭނެ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ފަތިހު 4:30 އިން ފެށިގެން ހެނދުނު 10:30 ހަމައަށް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދޭން ވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.