Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރާއްޖޭގެ އެންމެ ދެކުނަށް މިހާރު ޔެލޯ އެލާޓް

ރާއްޖޭގެ އެންމެ ދެކުނަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރިން ފަތިހު ނެރުނު ވައިޓް އެލާޓް، ޔެލޯ އަށް ބަދަލުކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ހެނދުނު 8:50 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށެވެ. މި ސަރަހައްދަށް ކުރިން ވައިޓް އެލާޓް ނެރުނީ ފަތިހު 4:30 އިން ހެނދުނު 10:30 އާ ހަމައަށެވެ.

ވައިޓް އެލާޓް، ޔެލޯ އަށް ބަދަލުކޮށް މޫސުމާ ބެހޭ އިދާރާ އިން ބުނީ ގއ. އަތޮޅުން އައްޑުއާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދޭން ވެސް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.