އަންނަ އަހަރަށް އެކުލަލާވާ ބަޖެޓް މި މަހުގެ 31 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ބުނި އަންނަ އަހަރަށް އެކުލަވާލާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިމޭނެ ކަމަށެވެ. މިނިސްޓްރީން ބުނި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުުކުރުމުގައި މިހާރު ކުރަމުން އަންނަނީ ޕީސްއައިޕީގެ މަޝްރޫއުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫއުތަކާއި އެކަމާ ގުޅޭ މަޝްވަރާތަކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ބަޖެޓާ ގުޅޭގޮތުން މިހާރު އެންމެ ބޮޑަށް ކުރިއަށް ދަނީ މަޝްވަރާކުރުމާއި ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީއާ އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓް ޖުމްލަ ވަނީ 36.99 ބިލިއަން ރުފިޔާއަށް އެރީ އެވެ.
މި އަހަރުގެ ބަޖެޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ.