Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ނައިބު ރައީސް ރ. އަތޮޅަށް ފުރާވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމް ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

އެ އަތޮޅަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަަން ހަމަޖެހިފައި ވަނީ އިނގުރައިދު އާއި އިންނަމާދު އާއި މާކުރަތު، ވަންދޫ އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީ މަރުކަޒުތަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރައްވާނެ އެވެ.

މީގެ އިތުރުން ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފުލާގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނައިބު ރައީސްގެ ރ. އަތޮޅުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ، މާދަމާ އެވެ.