މި އުންމަތަށް ލެއްވި އެންމެ ބޮޑު ނިއުމަތަކީ ކީރިތި ރަސޫލާ ކަމަށް ކަމަށް ރައްޔިތުންގެ މަލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ކީރިތި ރަސޫލާގެ އީދު މީލާދީއާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އުންމަތަށް މާތް ﷲ ލެއްވި އެންމެ ބޮޑު ނިއުމަކީ މާތްވެގެންދާ ރަސޫލާ މުހައްމަދުގެފާނު ކަމަށެވެ.
Maaiy Allah mi ummathah levvi enme bodu niu’mathakee maivegenvaa rasoola Muhammad ﷺ . Keerithi rasoola ﷺ ge eid miladh mi ufaaveri munaasabathuge thahniya dhannavan
— Mohamed Nasheed (@MohamedNasheed) October 8, 2022
"ކީރިތި ރަސޫލާގެ އީދުމީލާދީ މި އުފާވެރި މުނާސަބަތުގައި ތަހުނިޔާ ދަންނަވަން." ނަޝީދު ވިދާޅުވި އެވެ.