ގދ. ނަޑެއްލާ ކައިރި ފަޅު ރަށަކަށް ލެއްގި ޕާކިސްތާނު ބޯޓެއްގައި ތިބި ބަޔަކަށް އެހީތެރިކަން އެ ރަށު ކައުންސިލުން ފޯރުކޮށް ދީފި އެވެ.
ޕާކިސްތާނު ބޯޓެއްގެ އިންޖީނު ހަލާކުވެގެން ލެއްގީ އެ ރަށުގެ އުތުރު ފަރާތުގައި އޮންނަ ރޮނޑައިދޫ ނަމަކަށް ކިޔާ ފަޅު ރަށެއްގެ ފުއްޓަރު ފަރާތަށެވެ. މިއަދު އަދު ހެނދުނު 7:40 ހާއިރު އެ ފަރަށް ލެއްގި އެ ބޯޓުގައި 10 މީހުން ތިއްބެވެ.
މި ބޯޓްގައި ތިބި މީހުން ހާލުގައި ޖެހުމުން ނަޑެއްލާ އަށް އެރީ އަމިއްލައަށެވެ. އަދި އެ މީހުންނަކީ ހާލުގައި ޖެހިފައި ތިބި ބައެއްކަން އެނގުމުން ކައުންސިލުންނާއި، ނަޑެއްލާގެ ރައްޔިތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެ އިރުއޮއްސި 6:21 ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އިތުރަށް ބޯޓުގައި ތިބި އެންމެންގެ ވެސް ހާލު ރަނގަޅެވެ.