އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކެއް ކުޅުމަށް މިހާރު މާލެ ގޮސްފައިވާ ޝަންގްރިއްލާގެ ފުޓްބޯޅަ ޓީމް ކުޅުނު ދެވަނަ މެޗުން މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރު މާފަންނު ޓާފް ދަނޑުގައި ވަން އެންޑް އޮންލީ ރިސޯޓްގެ ޓީމާއި ވާދަކޮށް ޝަންގްރިއްލާ މޮޅުވީ 5-0 ލަނޑުންނެވެ. މިޗްގައި ޝަންގްރިއްލާއަށް ލަނޑު ޖަހައިދިނީ ރިޒްވާން (ބުއްގީ)، އައްސަދު، މުހައްމަދު އިބްރާހިމް (މުއްޓީ)، އާއި އަހުމަދު ރަޝީދު އާއި ވިސާމު އެވެ.
މި މެޗަށް ފަހު ޝަންގްރިއްލާއަށް ވަނީ ޓްރޮފީ ހަވާލުކޮށްފަ އެވެ.