Last Updated: July 17, 18:07
Friday, July 17, 2026
ކުޅިވަރު

އެންމެ އަގުބޮޑު ކުޅުންތެރިއަކީ އެމްބާޕޭ

މިހާރު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ އަގުބޮޑު ކުޅުންތެރިޔަކީ ފްރާންސްގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ އަށް ކަމަށް ފޯބްސް އިން ބުނެފި އެވެ.

އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިން ހިމަނައިގެން އެ މަޖައްލާ އިން އެކުލަވާލި ލިސްޓްގެ ބޮންތިން 23 އަހަރުގެ ކުޅުންތެރިޔާ އަށް ޖާގަ ލިބުނީ 128 މިލިއަން ޑޮލަރާ އެކީގަ އެވެ. ފޯބްސް އިން ބުނި ގޮތުގައި މި އަހަރާއި އަންނަ އަހަރު ޕީއެސްޖީގެ ޒުވާން ފޯވަޑަށް އާމްދަނީގެ ގޮތުގައި 128 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންޒާދާކުރެވެ އެވެ.

އެންމެ ބޮޑު އަގެއް ލިބޭ ކުޅުންތެރިޔާގެ މަގާމު އެމްބާޕޭ އަށް ލިބުނު އިރު، މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ލިސްޓްގެ އެންމެ މަތިން އާޖެންޓީނާ ލައިނަލް މެސީ އާއި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއްސައިލި ފުރަތަމަ ފަހަރެވެ. ފޯބްސް އިން ބުނި ގޮތުގައި މެސީ، 35، މިހާރު އޮތީ 120 މިލިއަން ޑޮލަރާ އެކީ ލިސްޓްގެ ދެވަނައިގަ އެވެ.

މެންޗެސްޓާ ޔުނައިޓެށް ކުޅޭ ރޮނާލްޑޯ، 37، ވަނައިގައި އޮތީ 100 މިލިއަން ޑޮލަރާ އެކީގަ އެވެ.

ގަދަ ފަހެކަށް ބަލާ އިރު ލިސްޓްގެ ހަތަރު ވަނައިގައި 87 މިލިއަން ޑޮލަރާ އެކީ އޮތީ ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ، 30، އެވެ. އަދި ފަސް ވަނައިގައި އޮތީ މިސްރަށް އުފަން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާ، 30، އެވެ. އެއީ 53 މިލިއަން ޑޮލަރާ އެކީގަ އެވެ.