މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައަށް ސުޕްރީމް ކޯޓުން ހައްލެއް ހޯދައިދީފިއެވެ.
ޗެއިން އޮފް ކަސްޓަޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރެވިފައިވަނި، މުއްދަތަހަމުގެ އަތުން ނުވަތަ އޭޏާގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓޑީ ފޯމު ނެތްނަމަ، ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާ މެދު ސުވާލު އުފެދޭފަދަ ކަމެއް އޮތްނަމަ، ހެކިން ހާޒިރު ކޮށްގެން އެއީ އެމީހެއްގެ އަތުން ފެނުނު ތަކެތިކަން ކަށަވަރު ކުރެވިދާނެ ކަމަށެވެ.
އެގޮތުން އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެ ޗެއިންގައި ހިމެނޭ އެންމެފައި ފަރާތްތައް ޝަރިއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ފަނޑިޔާރު ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ، މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޔާޒަތުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިަހަމަވެފައިވާ ކަމަށް ބަލަންވާނެ ކަމަށް ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ބައެއް ބޮޑެތި މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މައްސަލަ ދިމާވާފަހަރުތައް އާދެއެވެ. އަދި އެގޮތަށް ދިމާވުމުން މައްސަލަތައް ސާބިތުނުވާފަހަރުތައްވެސް އާދެއެވެ.