Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ނައިބު ރައީސް ރ. އަތޮޅު ދަތުރު ނިންމަވާލައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް، ރ. އަތޮޅުގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެެވި ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރު ފަހު މާލެވަޑައިގެންފި އެވެ.

ފައިސަލް އެ އަތޮޅަށް ކުރެއްވި ދަތުރުގައި އިނގުރައިދު އާއި އިންނަމާދޫ، މާކުރަތު، އަދި ދުވާފަރުގެ އިތުރުން އުނގޫފާރަށް ވެސް ވަޑައިގެންނެވި އެވެ. މިރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވި އެވެ.

ފައިސަލް ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޮނިހިރު ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފުލާ ވެސް ޝަރަފްވެރިކޮށްދެއްވި އެވެ.