Last Updated: June 15, 10:30
Monday, June 15, 2026
ޚަބަރު

ކައުންސިލްގެ ފުޓްބޯޅަ މުބާރާތް ފަސްކޮށްފި

އައްޑޫ ސިޓީ ކައުންސިލުން މި މަހު ބާއްވަން ނިންމާފައިވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މި މުބާރާތް އެންމެ ފުރަތަމަ ފަށާ ގޮތަށް ހަމަޖެއްސީ މި މަހުގެ 15 ގަ އެވެ. އެކަމަކު ފަހުން މި މަހުގެ 22 އަށް ފަސްކުރުމަށް، އިއްޔެ ކައުންސިލުން ބުނީ މުބާރާތް ފަށަން މިހާރު ނިންމާފައި ވަނީ މި މަހުގެ 29 ގައި ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި މުބާރާތް އަލުން ފަސްކުރީ އިދާރީ މުހިއްމު ސަބަބުތަކަކަށްޓަކަ އެވެ.

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަކީ ކައުންސިލާއި ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ މުބާރާތެވެ. އައްޑޫ ސްޓޭޑިއަމްގައި ބާއްވާ މުބާރާތުގައި ހަ ޓީމް ވާދަކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ވާދަކުރާ ޓީމްތަކަށް ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ އިރު، ވަރަށް އަވަހަށް މުބާރާތުގެ ގުރުލުން ބާއްވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވީ 2019 ގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ފޭދޫ ސްޕޯޓްސް އެވެ.