އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރި ނާޒިމް ސައްތާރު އަދަބު ކުޑަކޮށްދޭން ޕްރެސެކިއުޓަ ޖެނެރަލް އޮފީހުން ހައި ކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.
ޕީޖީން އެކަން ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކި ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގިކަމުގެ ސާބިތުވެ، މ ހުކުމްކުރީ މިދިޔަ މަހުގެ 15 ގަ އެވެ. އޭނަގެ މައްޗަށް ކުށް ސާބިތުވި އިރު، ބަންގަލަދޭޝްގެ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގި ކަމަށް އެއްބަސް ވެސް ވެފައިވެ އެވެ.
ޕީޖީން ނާޒިމުގެ އަބަދުގެ މައްސަލަ ހައި ކޯޓްގައި އިސްތިއުނާފުކުރީ އެ އަދަބު މާ ބޮޑު ކަމަށް ބުނެ އެވެ.
ނާޒިމްގެ އިތުރުން އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.