Last Updated: June 15, 10:26
Monday, June 15, 2026
ޚަބަރު

ކައުންސިލްގެ ހަރަދަށް މިދިޔަ މަހު 5.6 މިލިއަން

އައްޑޫ ކައުންސިލްގެ މުވައްޒަފުންތަކެއް.

އައްޑޫ ސިޓީ ކައުންސިލަށް މިދޔަ މަހު އާމްދަނީގެ ގޮތުގައި 6.4 މިލިއަން ރުފިޔާ ލިބުނު އިރު، ހަރަދަށް 5.6 މިލިއަން ހަރަދުވެފައިވާ ކަމަށް ހަރަދާއި އާމްދަނީ ރިޕޯޓްގައި ބުނެފި އެވެ.

މިއަދު އާންމުކުރި ރިޕޯޓްގައިވާ ގޮތުގައި މިދިޔަ މަހުގެ 1-30 އާ ހަމައަށް ކައުންސިލަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 6،406،837ރ. އެވެ. އޭގެ ތެރެއިން 5،436،841ރ. އަކީ ދައުލަތުން ލިބުނު އެހީ އެވެ. އަދި ކައުންސިލަށް ސީދާ އާމްދަނީގެ ގޮތުގައި ވަދެފައި ވަނީ 969،996ރ. އެވެ.

ކައުންސިލުން ބުނީ މިދިޔަ މަހު ރިކަރަންޓް ހަރަދަށް 5،603،099ރ. ހަރަދުވި އިރު، ކެޕިޓަލް ހަރަދަކީ 20،285ރ. ކަމަށެވެ. އެއާ އެކީ ޖުމްލަ ހަރަދުގެ ގޮތުގައި މިދިޔަ މަހު ހޭދަވެފައި ވަނީ 5،623،384ރ. އެވެ.

ކައުންސިލްގެ މިދިޔަ މަހުގެ ރިކަރަންޓް ހަރަދަށް ބަލާ އިރު، އެހެން މަސްތަކެކޭ އެއްގޮތަށް ސެޕްޓެމްބަރުގައި ވެސް އެންމެ ބޮޑު ހޭދައެއް ހިނގާފައި ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެއީ 4،698،638ރ. އެވެ. މުވައްޒަފުންގެ ތަމްރީނަށް މިދިޔަ މަހު 10،417ރ. ހޭދަވި އިރު، ކައުންސިލްގެ ދަތުރުފަތުރުތަކަށް މިދިޔަ މަހު ހޭދަވެފަައި ވަނީ 21،560ރ. ކަމަށް ވެސް ކައުންސިލްގެ ހަރަދާއި އާމްދަނީ ރިޕޯޓްގައި ބުންޏެވެ.