Last Updated: July 23, 10:58
Thursday, July 23, 2026
ދުނިޔެ

މުލާޔަމް އަވަހާރަވެއްޖެ

އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރެއް ކަމަށްވާ މުލާޔަމް ސިންގް ޔާދަވް މިއަދު އަވާހަރަވެއްޖެ އެވެ.

ސަމާދުވާޖީ ޕާޓީގެ ލީޑަރު އަދ އަދި އުއްތަރު ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރު 82 އަހަރުގައި އަވަހާރަވީ ވެރިރަށް، ނިއު ދިއްލީއާ ކައިރީ ހިސާބެއްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. މުލާޔަމްގެ ދަރިކަލުން އަދި ސިޔާސީ ޝަހުސިއްޔަތު އަކިލޭޝް ޔާދަވް މިއަދު ވިދާޅުވީ ބައްޕަ އަވަހާރަވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށް ހާލަތު އިތުރަށް ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެނުން ދަނިކޮށް ކަމަށެވެ.

މުލާޔަމަލް އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ހިތާމަ ފާޅުކޮށް އާއިލާ އަށް ތައުޒީޔާ ފޮނުވަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލާޔަމް ޗީފް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ދުވަސްވަރު ވަރަށް ގިނަ ފަހަރުމަތިން އޭނާއާ ބައްދަލުވެވަޑައިގަތް ކަމަށާއި މުލާޔަމް ވަކިވެ ދިއުމަކީ ލިބިވަޑައިގަތް ވަރަށް ފުން ހިތާމައެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުލާޔަމް އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.