އައްޑޫ ސިޓީ ކައުންސިލުން މިއަދު މެންދުރު ފަހު ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.
އެ ޕްރެސް ކޮންފަރެންސް އޮންނާނީ މެންދުރު ފަހު 2:30 ގަ އެވެ. އެ ޕްރެސް ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރަން ހަމަޖެހިފައިވާ އިރު، އޭގައި ބައިވެރިވާން އާންމުންނަށް ވެސް ކައުންސިލުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އައްޑޫ ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި ވަނީ ގަވައިދާ ހިލާފަށް ބިން ދޫކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން މޭޔަރު އަލީ ނިޒާރުގެ މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ވަނިކޮށެވެ.