Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ވ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ހެނދުނު 7:45 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ވެސް ކޮށްފައިވެ އެވެ.