Last Updated: June 15, 10:30
Monday, June 15, 2026
ޚަބަރު

އިންޑިއާގެ ނޭވީ ކޯހަކުން ފުރުސަތު ހުޅުވާލައިފި

އިންޑިއާގެ އިޒްހިމާލާގައި ހުންނަ އިންޑިއަން ނޭވަލް އެކަޑެމީން ހިންގަން ހަމަޖެހިފައިވާ އިންޑިއަން ނޭވަލް އެކަޑެމީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފި އެވެ.

މިއަހަރުގެ ޑިސެމްބަރު 19 އިން ނޮވެމްބަރު 28، 2026 ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި އިވެރިވުމަށް ކުރިމަތިލާ މީހެއް ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލްއިން ހިސާބާއި ފިޒިކްސް އަދި ކެމިސްޓްރީން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހުންނަށްވުމާއި ޑިސެމްބަރު 19 އަށް 23 އަހަރު ނުފުރޭ މީހަކަށްވުމާއި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ މީހަކަށްވުމާއި ހަށިހެޔޮކަމުގެ ގޮތުން ރަނގަޅު މީހަކަށްވުން ހިމެނެ އެވެ.

ކޯހުން ފުރުސަތު ދޭން ނިންމާފައި ވަނީ އެކަކަށެވެ

ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑުކުރެވޭނެ އެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު 3322607 އަށް ނުވަތަ މޯބައިލް 9871235 އިން ހޯދޭނެ އެވެ.