Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީނުކުރަނީ

ރާއްޖޭގެ ރިސޯޓްތަކުގެ އިސް މަގާމުތަކަށް ދިވެހިން ތަމްރީން ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކޮށްފި އެވެ.

ދެ މިނިސްޓްރީގެ މެދުގައި އިއްޔެ މި މަޝްވަރާ ކުރިއަށް ގެންދެވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި މަޝްވަރާތައް ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ޑރ. ހަސަން ވިދާޅުވީ ޓޫރިޒަމް ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީން މިހާރު ވެސް އެކި ކޯސްތައް ހިންގަމުން ދިޔަ ނަމަވެސް ރިސޯޓް މެނޭޖްމެންޓް ދާއިރާއިން މީހުން ތަމްރީނުކުރަން ވަރަށް ބޭނުން ކަމަށެވެ އަދި އެކަމަށް ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުން މުހިއްމު ކަމަށެވެ.

"އެކައުންޓިން ސްކޮލަޝިޕްތަކެއް ވެސް އަޅުގަނޑުމެން މި ދޭތެރެއިން ދިނިން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ވެސް ރިސޯޓުތަކުގެ ސީނިއާ މެނޭޖްމެންޓް ޕޮޒިޝަންތަކެއް،" ހަސަން ވިދާޅުވި އެވެ. "އޭގައި އަޅުގަނޑުމެން މީހުން ބިނާކުރަން ބޭނުން ވަނީ ކޮން ދާއިރާއަކުންތޯ އާއި އެ މީހުން ސެޓިފައި ކުރެވޭނެ ގޮތްގޮތްތައް އަޅުގަނޑުމެންނަށް އެބަޖެހޭ މައުލޫމާތުތައް ފޯރުކޮށް ދޭން."

ބައްދަލުވުމުގައި ޑރ. މައުސޫމް ވިދާޅުވީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިސް ނަގައިގެން ރިސޯޓްތަކުގެ ސީނިއާ މެނޭޖްމެންޓް ލެވެލް އަށް ދިވެހިން ތަމްރީނުކުރަން ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުން އަބަދު ވެސް ލިބޭނެ ކަމަށެވެ. އަދި ރިސޯޓު މެނޭޖްމެންޓުގެ ތަމްރީނަށް ބޭނުންވާ ދާއިރާތައް ކަނޑައެޅުމަށް ފަހު ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކީގައި މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާ އިރު، ރާއްޖޭގެ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ދިވެހިން މަދުވުމަކީ އެ އިންޑަސްޓްރީގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.