މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މި މަހު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރާއްޖޭގެ ހަތަރު ދިމާއެއްގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޒިމްބާބުވޭގެ އިލްމުވެރިޔާގެ ދަރުސްތައް މާލެ ސަރަހައްދާއި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީގައި ބާއްވާނެ އެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ފުރަތަމަ ދަރުސް އޮންނާނީ މާލޭގެ ކާނިވާ ސަރަހައްދުގަ އެވެ. ދެވަނަ ދަރުސް މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް ފަހު ތިން ދަރުސް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އައްޑޫ ހިތަދޫ ސިޓީ ސްކެއާގަ އެވެ.
Mufti Menk will be Touring Maldives this October.
Event dates and Venue
#MuftiMenkMv2022 pic.twitter.com/uJ9yY1zk4s— Ministry of Islamic Affairs (@MVIaffairs) October 10, 2022
މުފްތީ މެންކްގެ ފަހު ދަރުސް މި މަހުގެ 31 ވަނަ ދުވަހުގޭ އޮންނާނީ ހުޅުމާލޭގަ އެވެ. ދަރުސް އޮންނާނީ އެރޭ އެ ތަނުގެ ސިންތެޓިކް ޓްރެކްގަ އެވެ. ހުޅުމާލޭ ދަރުސް އިންތިޒާމުކުރަން އިސްލާމިކް މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ގުޅިގެން، މުފްތީ މެންކްގެ ދަރުސް ހުޅުމާލޭގައި ބޭއްވުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރެއްވުން pic.twitter.com/u7pE3mFIkk
— Ministry of Islamic Affairs (@MVIaffairs) October 10, 2022
ދުނިޔޭގެ އެކި ހިސާބުތަކުގައި އިސްލާމް ދީނުގެ ދައުވަތު ދެއްވައި، އެ ދީން ފެތުރުއްވުމަށް މަސައްކަތްކުރައްވާ މުފްތީ މެންކް އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ 2020 ގަ އެވެ. އެ ފަހަރު ވެސް އައްޑޫގައި ދަރުސް ދެއްވި އެވެ.