Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ހައްޖަށް ގެންދިޔަ އެހީތެރިން ހޮވީ އުސޫލާ އެއްގޮތަށް

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ހައްޖަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ގެންދިޔަ މީހުން ހޮވާފައިވަނީ އުސޫލާ އެއްގޮތަށްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވި ޖަވާބުގައެވެ. މެމްބަރު އިބްރާހިމް ރަޝީދު ސުވާލު ކޮށްފައިވަނީ، އެއްވެސް ގޮތަކަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރައްވާފައިނުވާ އަދާލަތު ޕާޓީގެ މެންބަރުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންގެ ތެރެއިން ވަކި ބަޔަކަށް ފުރުސަތު ދީގެން ހައްޖު ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި މީހުން ހައްޖަށް ގެންގޮސްފައިވާނެތޯއެވެ.

އެސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ 1443 ވަނަ އަހަރުގެ ހައްޖު ދަތުރުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖު ދަތުރުގައި ބައިވެރިވާނެ އެހީތެރިން ހޮވާފައިވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާނމްުކޮށް އިއުލާނުކޮށް އިންޓަވިއުކޮށް، އިންޓަވިއުއިން އެންމެ މަތިން މާކްސް ހޯދި ފަރާތްތައްކަމަށެވެ.

މީގެއިތުރުން ވިދާޅުވީ ހައްޖު ދަތުރުގެ އެހީތެރިއެއްގެ ގޮތުގައި މިނިސްޓްރީގެ އެދުމަށް އެ މިނިސްޓްރީގެ އެއް މުވައްޒަފަކު ބައިވެރިކޮށްފައިވާ ކަމަށެވެ.