Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ތަކަންދޫ ފެރީ ހަޓް ނިމިއްޖެ

ހއ. ތަކަންދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ އެވެ.

އެ މަސައްކަތް ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، މިއީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.

ހއ. ތަކަންދޫ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި، ކިއޮސްކަކާއި، ޔުނިވަރސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ހިމެނެއެވެ.

އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން އެކި ރަށްރަށުގައި ފެރީ ހަޓްތައް ގާއިމު ކޮށްފައިވެއެވެ.