Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ފޭދޫ ސްކޫލްގެ ޓީމެއް ތުރުކީގައި

އައްޑޫ ފޭދޫ ސްކޫލްގެ ސީނިއާ މެނޭޖްމަންޓްގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި ތުރުކީ އަށް ހިނގައްޖެ އެވެ.

މި ދަތުރުގައި ސްކޫލްގެ މެނޭޖްމަންޓްގެ ނުވަ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި އެޑްމިން ސްޓާފުން ވެސް ހިމެނެ އެވެ. ފޭދޫ ސްކޫލްގެ ޓީމް ތުރުކީ އަށް ކުރާ މި "އެކްސްޕޯޝާ ޓްރިޕް" ގެ ތެރެއިން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރާއި ގްލޯބަލް ކޮލިޝަން ފޯ ޔޫތު އެންޑް ސްޕޯޓް ފޯ ޕަލަސްތީންގެ ޖެނެރަކް ސެކްރެޓަރީ އާއި ތުރުކީ މޯލްޑިވްސް ފްރެންޑްޝިޕްގެ ޗެއާމަނާއި ތުރުކީގެ އުމްރާނިއާގެ ސްޓާފް އޮފް މުނިސިޕަލްޓީއާ ވެސް ބައްދަލުކޮށްފައިވެ އެވެ.

މީގެ އިތުރުން ގްލޯބަލް ވިމެންސް ފޯ ގުދުސް އެންޑް ޕަލަސްތީންގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލުކޮށްފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފޭދޫ ސްކޫލަށް ހޯދައި ދިން މި ފުރުސަތަށްޓަކައި އެ މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް މިފަދަ އިތުރު ފުރުސަތުތައް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ. އަދި މި ދަތުރަކީ ވަރަށް ގިނަ ކަންކަން ދަސްވާން މަގުފަހިވި ކަމެއް ކަމަށް ވެސް ބުންޏެވެ.

މި އަހަރު 50 އަހަރު ފުރުނު ފޭދޫ ސްކޫލަކީ އެ އަވަށުގައި ހިންގާ ހަމައެކަނި ސްކޫލެވެ. މިއީ ނާސަރީން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.