Last Updated: June 19, 13:36
Thursday, June 19, 2025
ޚަބަރު

ކޫއްޑޫ އެއާޕޯޓުން އަތުލި ބަނގުރާ ނައްތާލައިފި

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

އެތަކެތި ނައްތާލީ އިއްޔެ ވިލިނގިލި ޕޮލިސް ސްޓޭޝަނުގަ އެވެ. ނައްތައިލީ 133 ފުޅި ބަނގުރާ އަދި 29 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މި އަހަރުގެ އޮގަސްޓް މަހުގެ 16 މިދިޔަ މަހުގެ 14 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގު ރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.