Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ އެލާޓް ނެރެފައި ވަނީ ހަވީރު 4:30 އިން ފެށިގެން މިރޭ 10:30 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފައިވާ އިރު، މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށް ލ. އަތޮޅުން އައްޑުއާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.