Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ދަގަނޑޭ މައިލޯ ސިޓީ އެފްސީ އަށް

އައްޑޫ ސިޓީ ކައުންސިލުން މި މަހު ބާއްވަން ނިންމާފައިވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ގައި ވާދަކުރާ މައިލޯ ސިޓީ އެފްސީ ޓީމަށް ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާގް ދަގަނޑޭ ސޮއިކޮށްފި އެވެ.

މައިލޯ ސިޓީ އެފްސީން އަންނަނީ ކައުންސިލް މުބާރާތަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ އިތުބާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް ބޮންޑާ) ވެސް ކުޅޭނީ މައިލޯ ޓީމަށެވެ.

ކައުންސިލް ފުޓްބޯޅަ މުބާރާތް ފަށާނީ މި މަހުގެ 29 ގަ އެވެ.

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަކީ ކައުންސިލާއި ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ބާއްވާ މުބާރާތެވެ. އައްޑޫ ސްޓޭޑިއަމްގައި ބާއްވާ މުބާރާތުގައި ހަ ޓީމް ވާދަކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ވާދަކުރާ ޓީމްތަކަށް ޓީމް ލިސްޓް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ އިރު، ވަރަށް އަވަހަށް މުބާރާތުގެ ގުރުލުން ބާއްވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް އެންމެ ފުރަތަމަ ބޭއްވީ 2019 ގަ އެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ފޭދޫ ސްޕޯޓްސް އެވެ.