Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ފޭދޫ މީހެއްގެ މައްސަލަ ޕީޖީ އަށް

ކުޑަކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ސ. ފޭދޫ މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދަައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައާއި ގުޅިގެން ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ފޭދޫ ޝަބްނަމްގެ މުޙައްމަދު ޒިހުނީ، 35، ގެ މައްޗަށެވެ.

ޒިހުނީގެ މައްޗަށް ދަައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ 16 އަހަރުގެ އަންހެން ކުއްޖަކާ އެކި ދުވަސް މަތިން ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި ދަައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޑިސެމްބަރު 17، 2012 ގަ އެވެ.