ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ނަމަވެސް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއްގެ ގޮތުގައި ފަރުކޮޅުފުށި ހަފުލާތަކަށް ކުއްޔަށް ދޫކުރަން ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސީ) އިން ބުނީ ފަރުކޮޅުފުށި ހަފުލާތައް ބޭއްވުމަށް ކުއްޔަށް ދޫކުރަން ފެށީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އެތަނުން ބުނީ މިހާރު އެތަން ކައިވެނި ޕާޓީތަކާއި އުފަން ދުވަހުގެ ޕާޓީ އާއި އަދި އެ ނޫން ވެސް ހަފުލާތައް ބޭއްވުމަށް ދޫކުރަމުން އަންނަ ކަމަށެވެ. ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ބުކިން ހެދުމަށް ހުޅުވާލާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ފަރުކޮޅުފުއްޓާއި ގުޅުވާލުމަށް ފަހު، އެޗްޑީސީން ކުރިްނ ވެސް އެތަން އެކިއެކި ހަފުލާތައް ބޭއްވުމަށް އާއްމުންނަށް ދޫކޮށްފައިވެ އެވެ. ނަމަވެސް ފަރުކޮޅުފުށި ކުއްޔަށް ދޫކުރުން މެދުކަނޑާލީ ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވުމުން އޭރު އެތަން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމުގެ ގޮތުންނެވެ.