Last Updated: July 13, 13:43
Monday, July 13, 2026
ޚަބަރު

ހުޅުމާލޭގައި ނަފުސާނީ ބަލިތަކަށް ކްލިނިކެއް

ނަފުސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ ކްލިނިކެއް މިއަދު ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭހެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 11 ގައި ހުޅުވި މި ކްލިނިކްގެ ނަމަކީ "ނަފުސު ސައިކޮލޮޖިކަލް ސާވިސް" އެވެ. މިތަނުން ނަފުސާނި އެކި ކަންކަމަށް ފަރުވާދޭނެ އެވެ.

އެޗްޑީސީން ބުނީ މި ކްލިނިކް ހުޅުވިގެން ދިއުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ނަފުސާނީ ފަރުވާ ހޯދަން ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

މިއަދުން ފެށިގެން އާންމުންނަށް ހިދުމަތް ދޭން ފެށި "ނަފުސު ސައިކޮލޮޖިކަލް ސާވިސް" އަކީ އަމިއްލަ ފަރާތަކުން ހުޅުވި ތަނެކެވެ.