ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ޖަލްސާއާއެކު ބާއްވާ ކްލައިމެޓް ބަލްނަރަބްލް 20 ގައުމެއްގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިބައްދަލުވުމުގައި ބައިވެރިވުމަށް މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. މިދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައިވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުންކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަރައްގީވަމުން އަންނަ އިގްތިސާދުތަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށާއި، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން މިކަމާމެދ ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށވެެ. އަދި ސީވީއެފުން ދެކޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެފޯރަމްގެ ވިއްސަކަށް ގައުމަށް އިގްތިސާދީގޮތުން ދަތިތަކާއި ކުރިމަތިލައި، ސޮވެރިން ޑިފޯލްޓްގެ މިންވަރަށް އެގައުމުތަކުގެ އިގްތިސާދު ދިޔުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިބައްދަލުވުމަކީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބައްދަލުވުމެކެވެ.