Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ފަޒުނާ ފުވައްމުލަކު އިބަ މެމްބަރުންނާ ބައްދަލުކޮށްފި

މެޑަމް ފަޒްނާ އަހުމަދު، ފުވައްމުލަކު އިބަމަގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި އިބަމަގެ މެންބަރުން ވަނީ އެތަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް އެވެ. އަދި އިބަމައިގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތަކުގެ މައްޗަށް މެންބަރުންގެ ވާހަކައިގައި އަލިއަޅުވާލި އެވެ.

މެންބަރުންގެ ވާހަކައިގައި، އިބަމައިގައި ހިމެނޭ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދާ އަންނަކަން ފާހަގަކުރި އެވެ. އަދި އިބަމަ އުފެއްދުމާއެކީ މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ކުރިން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބި، އެފަދަ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ލިބި، މުއައްސަސާތައް ގުޅިގެން އަވަސް ޙައްލު ގެނައުމަށް މަގުފަހިވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ. ކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ފަޒުނާ ވިދާޅުވީ އިބަމައިގެ މަސައްކަތްތަކުން އުންމީދެއް ލިބިއްޖެ ކަމަށާއި ވަކިވަކި އިދާރާތަކުން މީގެ ކުރިން ކުރަން ބޭނުންވެ ނުކުރެވި ހުރި އެތައް ކަމެއް އިބަމައިގެ ތެރެއިން އިދާރާތަކުގެ ގުޅުމުގެ ތެރެއިން ކުރެވިގެންދާ ތަން ފެނިވަޑައިގަަތުމުން އުފާކުރައްވާ ކަމަށެވެ.

އެބައްދަލުކުރެއްވުމުގައި ޖެންޑަ މިނިސްޓަރު ޢާއިޝަތު މުހައްމަދުދީދީގެ އިތުރުން އެ މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެ ވިއެވެ. އަދި ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިބަމަ އަކީ މުޖުތަމަޢުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާވާ ފަރާތްތައް ގުޅިގެން ވަށައި ޖެހޭ ގޮތެއްގައި، މަސައްކަތްކުރާ ބައެކެވެ.

އަދި މިއީ ފިޔަވައި ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައްޔާއި ސިޓީތަކުގައި އެކުލަވާލާ މަދަދުވެރިންގެ ޓީމުތަކެކެވެ.