Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ގެއަކުން ދުން އަރާތީ ބެލިއިރު ބަނގުރާ ކައްކަނީ

ހެންވޭރުގެ ގެއަކުން ދުންއަރާތީ ގޮސް ބެލިއިރު އެގޭގައި ދިޔައީ ބަނގުރާ ކައްކަމުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް 06:12 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނި އެމްއެންޑީއެފްއާއި ފުލުހުން އެ ގެޔަށްގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން އެ ގެޔަށް ވަދެފައިވާ ކަމަށެވެ.

އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދިއުމުންކަން އެނގިފައިވާކަމަށާއި، އަދި އެ ގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.