ޔޫތު މިނިސްޓްރީން 28 ރަށެއްގެ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑުތައް ހަވާލުކޮށްފި އެވެ.
ބިލިއާޑް ބޯޑުތައް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަޙުމަދު މަހްލޫފެވެ.
ރަށްތަކުގެ ފަރާތުން ބޯޑުތަކާ ހަވާލުވެވަޑައިގެންނެވީ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.
28 ރަށެއްގައި ޤާއިމްކުރެވިފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު މިއަދު ވަނީ ހަވާލުކުރެވިފައި.
ހއ.ކެލާ
ހއ.މޮޅަދޫ
ހއ.ފިއްލަދޫ
ހއ.ދިއްދޫ
ހއ.ތަކަންދޫ
ށ.ކޮމަންޑޫ
ށ.ފޯކައިދޫ
ށ.މާއުނގޫދޫ
ނ.ކެނދިކުޅުދޫ
ރ.އުނގޫފާރު
ކ.މާފުށި pic.twitter.com/ypultAMDbN— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 11, 2022
ބިލިއާޑު ބޯޑުތައް ހަވާލުކުރި ރަށްތަކަކީ ހއ. ކެލާ، ހއ .މޮޅަދޫ، ހއ. ފިއްލަދޫ، ހއ. ދިއްދޫ، ހއ. ތަކަންދޫ، ށ. ކޮމަންޑޫ، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ނ. ކެނދިކުޅުދޫ، ރ. އުނގޫފާރު، ކ. މާފުށި، ކ. ހިންމަފުށި، އދ. ފެންފުށި، އދ. ދިއްދޫ، މ. މުލައް، މ. ދިއްގަރު، ފ. މަގޫދޫ، ތ. ތިމަރަފުށި، ތ. މަޑިފުށި، ލ. ގަން، ލ. މާބައިދޫ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ގދ. ހޯނޑެއްދޫ، ގދ. ތިނަދޫ، ގދ. މަޑަވެލި އަދި އައްޑޫ ހިތަދު އެވެ.
28 ރަށެއްގައި ޤާއިމްކުރެވިފައިވާ ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރުތަކަށް ބޭނުންވާ ބިލިއާޑް ބޯޑު މިއަދު ވަނީ ހަވާލުކުރެވިފައި.
ހއ.ކެލާ
ހއ.މޮޅަދޫ
ހއ.ފިއްލަދޫ
ހއ.ދިއްދޫ
ހއ.ތަކަންދޫ
ށ.ކޮމަންޑޫ
ށ.ފޯކައިދޫ
ށ.މާއުނގޫދޫ
ނ.ކެނދިކުޅުދޫ
ރ.އުނގޫފާރު
ކ.މާފުށި pic.twitter.com/ypultAMDbN— Ministry of Youth,Sports and Community Empowerment (@MoYSCEmv) October 11, 2022
މީގެ އިތުރުން ހުޅުމާލެ ޔޫތު ސެންޓަރަށް ވެސް ބިލިއާޑް ބޯޑެއް ހަވާލުކޮށްފައިވެ އެވެ.
މަހުލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ރަށްރަށުގައި މުނިފޫހިފިލުވުމާއި، ކުޅިވަރު ކުޅުމަށްޓަކައި ފަހިކޮށްދެމުންދާ ފުރުސަތުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ.