Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ފެމިލީ ކޯޓުގެ އިސްޤާޟީއަކަށް ގާޟީ މާހިރު

އަލްއުސްތާޛު އިބްރާހިމް މާހިރު--

ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު އައްޔަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކުރި އިއުލާނުގެ ދަށުން ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހިމް މާހިރު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް އައްޔަންކުރުމަށް ފެންނަކަމަށް ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

އަލްއުސްތާޛު އިބްރާހީމް މާހިރު ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 2005 ނޮވެންބަރު 09 ވަނަ ދުވަހުއެވެ. ގާޟީ މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 ގައެވެ. ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރުވަނީ ހިދުމަތް ކުރައްވާފައެވެ.