Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މޫސުން ގޯސްވެ މުޅި ރާއްޖެއަށް އެލާޓް ނެރެފި

ފޮޓޯ: އައްޑޫލައިވް

މޫސުން ގޮސްވުމާ ގުޅިގެން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ 11:30 އިން ފެށިގެން ހަވީރު 17:30 ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މިވަގުތުގައި ކަނޑުތައް ގަދަވެ އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.