Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ދޯންޏެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ، ކޯސްޓްގާޑުން ހަރަކާތްތެެރިވާން ފަށައިފިއެވެ.

އެމްއެންޑިއެފްއިން ބުނެފައިވަނީ ހުޅުމާލޭ ފަޅުތެރޭގައި، އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އަޅާފައި އޮތް "ހީނާމާ" ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ހެނދުނު 07:10 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ގޮސް ޕަންޕު ބޭނުންކޮށްގެން ދޯނިން ފެން ހިއްކުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ޕަންޕު ޖައްސައިގެން، "ހީނާމާ" ދޯނީގެ ދިޔަގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށާއި، އެހެންކަމުން، އެ ދޯނީގެ ދެ ފަރާތުގައި އޮތް ދެ ދޯންޏެއްގެ އެހީގައި ވާ އައްސައި ފެންފަށަލަމަތީގައި އޮންނާނޭ ގޮތަށް ހަދާފައިވާ ކަމަށް އެމްއެންޑިއެފްއިން މައުލޫމާތުދެއެވެ. އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.