Last Updated: May 8, 20:00
Wednesday, May 8, 2024
ޚަބަރު

ބަނގުރާ ކެއްކި ގެއިން ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް--

ބަނގުރާ ކައްކަމުން ދިޔަ ގެއިން ބިދޭސީއެއް ހައްޔަރު ކޮށްފިއެވެ.

ހެންވޭރުގެ ގެއަކުން ދުންއަރާތީ ގޮސް ބެލިއިރު އެގޭގައި ބަނގުރާ ކައްކަމުން ދިޔަކަން ފުލުހުން ހާމަކުރީ މިއަދު ހެނދުނުއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި 34 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާކަމަށް 06:12 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެމްއެންޑީއެފްއާއި ފުލުހުން އެ ގެޔަށްގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން، ބާރުގެ ބޭނުންކޮށްގެން އެ ގެޔަށް ވަދެފައިވާ ކަމަށެވެ. އަދި އެ ގޭތެރެއިން ދުން އަރަމުންދިޔައީ ބަނގުރާ ކައްކަމުން ދިއުމުންކަން އެނގިފައިވާކަމަށާއި، އަދި އެ ގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.