Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެސްޓީއޯގެ އަންކާރާ ޕާސްތާގެ ރަހަ ބަލަން ފުރުސަތެއް

އެސްޓީއޯ ސުޕަރމާޓުން އިމްޕޯޓުކުރާ ތުރުކީގެ "އަންކާރާ" ބްރޭންޑްގެ ޕާސްތާ ޕްރޮމޯޓު ކުރުމުގެ މަގުސަދުގައި މާދަމާ ރޭ "އަންކާރާ ނައިޓް"ގެ ނަމުގައި ހާއްސަ ޑިނާ ނައިޓެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ޑިނާ ނައިޓް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގަ އެވެ. މި ޑިނާ ނައިޓް ކުރިއަށްގެންދާނީ އެރޭގެ 8:30 އިން 10:30 އަށެވެ.

އެ ޑިނާ ނައިޓްގައި އަންކާރާ ޕާސްތާގެ ރަހަތައް ހިލޭ ބަލާލުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ސުޕަމާޓުން ވިއްކާ "އަންކާރާ" ބްރޭންޑުގެ ޕާސްތާއަކީ ތުރުކީގައި އެންމެ މަގުބޫލު ޕާސްތާ ބްރޭންޑެވެ. އަންކާރާ ބްރޭންޑްގެ ޕާސްތާގެ ކްލެސިކް ރޭންޖާއި ވިޓަމިން ރޭންޖުގެ ގިނަ ވެރައިޓީތަކެއްގެ ޕާސްތާ، އެސްޓީއޯ ސުޕަމާޓުން ލިބެން ހުރެ އެވެ.