Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޕޮލިސް ކޮލެޖް ހިނގާ ގޮތް މަޖިލީހުން ބަލައިފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އައްޑު އަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އައްޑޫގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު ނޭޝަނަލް ކޮޮލެޖް އޮޮފް ޕޮލިސިން އެންްޑް ލޯއެންފޯސްމަންޓްގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަނުގެ މަސައްކަތް ހިނގާ ގޮތް ބައްލަވައިފި އެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމީޓިގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އާއި ކޮމިޓީގެ ނައިބު މުގައްރިރު ރަހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް އަދި ޑިރެކްޓަރ އޮފް ލީގަލް އެފެއާޒް އަހުމަދު ނާޒިމް މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމީޓީން ޕޮލިސް ކޮލެޖަށް ކުރެއްވި ޒިޔާރަތުގައި އެ ކޮމިޓީން ވަނީ ކޮލެޖްގެ މަސައްކަތްތައް ބައްލަވާލައްވައި، މަސައްކަތްތައް ކުރިއަށް ދަނީ ފުލުހުންގެ ޤާނޫނުގައި ފުލުހުން ތަމްރީންކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތް ވާގޮތުގެ މަތިންތޯ ބަލައި ޗެކްކުރައްވައިފަ އެވެ. އަދި މި ވަގުތު ކޮލެޖުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮބައިތޯ ކޮމިޓީން ބައްލަވައިލެއްވި އެވެ.

މި ބައްދަލުވުމުގައި ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ކޮލެޖް ހިންގުމުގައި ހުރި ގޮންޖެހުންތައް ވެސް ކޮމިޓީއާ ހިއްސާކުރައްވައިފަ އެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ދަތުރުގެ ތެރެއިން މިއަދު އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާ ވެސް ބައްދަލުކޮށްފައިވެ އެވެ.