Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ވަގަށް ކެޔޮ ކަނޑާ މައްސަލަތައް އިތުރުވަނީ

އައްޑޫގެ ބައެއް އަވަށްތަކުން ކެޔޮގަނޑުތައް ވަގަށް ކަނޑާ މައްސަލަތަކެއް ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރު ފަހު ހިތަދޫ ގެއަކުން ދެ ކެޔޮގަނޑު ވަގަށް ކެނޑި މައްސަލައެއް ރިޕޯޓްކުރުމާ ގުޅިގެން އެ ހޯދަން މަސައްކަތުގެ ތެރޭގައި އާންމުންހެ އެހީ އެކީ އެ އަވަށު ވިޔަފާރި ގާޑިއަކަށް ކެޔޮގަނޑުތައް ވިއްކާލާފައި ވަނިކޮށް، ހޯދައި ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ މަރަދޫ ގެއަކުން ވަގަށް ކެޔޮގަނޑެއް ކަނޑައިގެން މަރަދޫފޭދޫގައި ހިންގާ ގާޑިއަލަކަށް ވިއްކި މައްސަލައެއްގައި ވެސް އެ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވެ އެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ވެސް ކުރި އެވެ.

ވަގަށް ނަގައިގެން ނުއަގަގައި ވިއްކާ އެއްޗެހި ނުގަތުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކިރަމުން އަންނަ އިރު، މިދިޔަ މަހު ވަގަށް އެޅި ކުރުނބާ އިހާތަކެއް ވެސް ގާޑިއަކަށް ވިއްކާފައި ވަނިކޮށް ފުލުހުން ހޯދާފައިވެ އެވެ. އަދި މިފަހަކަށް އައިސް ވަގަށް ކެޔޮގަނޑު ކެނޑުން އިތުރުވެފައިވާތީ "ރައްކާތެރިކަމުގެ ފިޔަވަޅެއް" ގެ ގޮތުން ބައެއް މީހުން ކެޔޮގަނޑުތަކުގައި ވަގު ޖަހާފައި ވެސް ހުންނަކަން ފާހަގަކުރެވެ އެވެ.

މިފަދަ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.